މާފަންނު ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން ދެ ފިރިހެނަކު ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ދެ ފިރިހެނުންނަކީ ބުރާސްފަތި ދުވަހުގެރޭ މަޢުލޫމާތު ސާފުކުރުމަށް މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރި ދިވެހި ދެ ފިރިހެނުންނެވެ. އެދެމީހުން މާފަންނު ޕޮލިސް ސްޓޭޝަންގެ މުދަލަށް ގެއްލުން ދިން މައްސަލައިގައި ފުލުހުން ވަނީ އެމީހުން ހައްޔަރުކޮށްފައެވެ.

"އެ ދެމީހުން 3 ދުވަހަށް ބަންދުގައި ބޭތިއްބުމަށް އޮކްޓޫބަރ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ." ޕޮލިސް މީޑިއާގެ އޮފިޝަލަކު މަޢުލޫމާތު ދީފައި ވެއެވެ.

މިހާރު ފުލުހުން ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން