މި މަހުގެ 7 ވަނަ ދުވަހު އަފްޣާނިސްތާނަށް އެރި ބިންހެލުމުގައި ޙާލުގައި ޖެހުނު މީހުންނަށް ރާއްޖޭގެ ފަރާތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ޖަމިއްޔާއިން އެހީ ފޯރުކޮށްދެމުންދާ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.

މިވަގުތު ޣައްޒާގެ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ އައިއޭސީއިން ބުނީ އެ ޖަމިއްޔާއިން އަފްޣާނިސްްތާނުގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުން ހުއްޓާ ނުލާ ކަމަށެވެ. ހާލުގައި ޖެހުނު 200 އާއިލާއަކަށް ރަޖާ، 200 އާއިލާއަކަށް ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން އިށީނދެ ހެދުމަށް ބޭނުން ކުރާ ސާމާނު ރައްދުކޮށްދެވިފައިވާ ކަމަށް އެޖަމިއްޔާއިން މިއަދު ހާމަކުރިއެވެ. އަދި މި ހުރިހާ އެހީއަކީ ދިވެހިންގެ ފަރާތުން ލިބުނު އެހީކަމަށް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.





ރެކްޓާ މިންގަނޑުން 6.3ގެ ބާރުމިނުގައި އަފްޣާނިސްތާނަށް އައި މި ބިންހެލުމުގައި 2000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި މި ބިންހެލުމުގައި ގެއްލުނު ގިނަ އަދަދެއްގެ މީހުން ހޯދުމުގެ މަސައްކަތް އެޤައުމުން މިހާރުވެސް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން