ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 8.84 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.



ކަސްޓަމުން ބުނީ ބަރުދަނުގައި ޖުމްލަ 8.84 ކިލޯ ހުރި މި މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނީ ކުރިއަރ އަދި އެއާކާގޯ މެދުވެރިކޮށް ކަމަށެވެ.

މީގެ ތެރެއިން ފުރަތަަމަ ޝިޕްމަންޓް އަތުލައިގަނެވިފައިވަނީ 27 ސެޕްޓެމްބަރުގައި ކުރިއަރ މެދުވެރިކޮށް ޖަރުމަނުވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނުމުން ޗެކްކުރުމުގެ ތެރެއިން ކަމަށެވެ. މިތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 2250 ގްރާމް ހުރިކަމަށް ކަސްޓަމުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، މި މަހުގެ 5 ވަނަ ދުވަހު އިންޑިޔާއިން ރާއްޖެ ގެނެސްފައިވާ އެއާ ކާގޯ ޝިޕްމެންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ޝިޕްމަންޓްގެ ތެރޭގައި ހިމެނޭ ޖުމްލަ 5 ދާގީނާގެ އެތެރޭގައި ހުރި އިލެކްޓްރޯނިކް އާލާތްތަކުގެ ތެރޭގައި މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ފޮރުވާފައި ހުރިކަން ކަސްޓަށް ފާހަގަކުރެވިގެން އެތަކެތި ވަނީ އިތުރަށް ތަހުލީލުކޮފައެވެ. ފުރަތަމަ މަރުހަލާގައި ކަސްޓަމުން މި ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ މުއައްސަސާއިން ބުނެއެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 3040 ގްރާމް ހުރިއިރު މިތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމުން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން