ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ވާހަކަތައް އެސްޓީއޯއިން ދޮގުކޮށްފި އެވެ.

އެސްޓީއޯއިން މިކަން ދޮގުކޮށްފައިވަނީ ބޭހާއި އޭގެ ސަޕްލައިސް ރާއްޖެއަށް ފޯރުކޮށްދޭން ހާއްސަ އެއްބަސްވުމެއް އެސްޓީއޯ އާއި ޓެމިލް ނާޑޫ ކުންފުންޏަކާއި ދެމެދު ހެދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ އިންތިހާބީ ރައީސްގެ އޮފީހުން ދެއްެކި ވާހަކަތަކާއި ގުޅިގެންނެެވެ.

އެކަން ދޮގުކޮށް އެސްޓީއޯ އިން ބުނީ އެފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މިވަގުތު ސޮއިކުރަން ނޫޅޭ ކަމަށެވެ. އަދި އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން އެ ކުންފުންޏަށް އަދި އަންގާފައި ނުވާ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޤާލީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު ވިދާޅުވީ ރާއްޖެއަށް ބޭސްއެތެރެ ކުރުމަށް އެސްޓީއޯއިން ޓަމިލްނާޑޫގެ ބަޔަކާއެކު ހަދަން އުޅޭ އެއްބަސްވުން އިހަށް މަޑުޖައްސާލުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖެއަށް ބޭހާއި ސިއްޙީ ދާއިރާގެ އެހެނިހެން ސާމާނު އެންމެ ގިނައިން އެތެރެ ކުރަނީ އެސްޓީއޯއިިންނެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ދުނިޔޭގެ އެންމެ ބޮޑު އެއް ފާމަސޫޓިކަލް ކުންފުނި، އެސްޓްރާ ޒެނެކާއާއެކު ވެވުނު އެއްބަސްވުމާއި އެކު މިފަދަ 27 އެއްބަސްވުމެއް އެސްޓީއޯއިން މިހާރުވެސް ހަދާފައިވެއެވެ.

ސަރުކާރުގެ ބައެއް އެހެނިހެން މިފަދަ އަލަށް ކުރާ ކަންކަން މަޑުޖައްސާލުމަށް މީގެކުރިން ވެސް އިންތިޚާބީ ރައީސްގެ އޮފީހުން އެދިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން