ނުރައްކާތެރި ހާދިސާތައް ތަކުރާރުނުވާނޭގޮތަށް މަސައްކަތު މާހައުލުގައި ފިޔަވަޅުތައް އެޅުމަށް އިންތިހާބީ ރައީސް ގޮވާލައްވައިފިއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން މިކަމަށް އެދިވަޑައިގެންފައި މިވަނީ މަކުނުދޫގައި ގޭސް ފުޅިއެއް ގޮވައި ދެ މީހަކު މަރުވުމުންނާއި ކުޅުދުއްފުށީގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެންނެވެ.

އިންތިހާބީ ރައީސްގެ ބަޔާނުގައި ވަނީ މި ދެ ހާދިސާ ހިނގުމަށް މެދުވެރިވި ގޮތް ތަހުޤީޤްކޮށް، މިފަދަ ހިތާމަވެރި ކަންކަން ތަކުރާރުނުވާނޭހެން ފިޔަވަޅު އަޅުއްވައިދެއްވުމަށް ކަމާއިގުޅޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

އިންތިހާބީ ރައީސްގެ ބަޔާނުގައި ވިދާޅުވީ މި ދެ ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން، މިފަަދަ ހާދިސާތައް މަދުކުރުމަށް ހުރިހާ ފަރާތްތަކުން ޒިންމާދާރުވާންޖެހޭ ކަމަށެވެ.

ނިޒާމީ ގޮތެއްގައި މިމައްސަލަތަކަށް ހޯދަންޖެހޭ ހައްލު ހޯދުމަށް މަޖިލީހަށް ހުށަހަޅާފައިވާ މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް މަޖިލީހުގެ މެމްބަރުންނަށް އިންތިހާބީ ރައީސް ގޮވާލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން