އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިން
އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިން
ފަލަސްތީނުގެ މައްސަލައިގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުންތައްވެސް ރަނގަޅުކަމަށް އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިން ވިދާޅުވެއްޖެއެވެ.

ޑރ. މައުރޫފް ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަޔަނިސްޓުންގެ ނުފޫޒު ރާއްޖޭގައި މިފަހުން ފެތުރިގެން ދިއުމާއި ދެކޮޅަށް ރާއްޖޭގައި އެންމެ ބޮޑަށް މަސައްކަތްކޮށްފައި ވަނީ ޢަދާލަތު ޕާޓީގެ ބޭފުޅުން ކަމާއިމެދު ޙަގީގަތަށް ލޯބި ކުރާ އެކަކުވެސް ދެބަހެއް ނުވާނެކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރަކުން އިސްރާއީލާއި މާބޮޑަށް ގުޅުން އުފައްދައި، އިޒްރޭލުގެ ޑޮކްޓަރުންގެ ޓީމް ގެނެސް، އެމީހުންގެ ފްލައިޓް ("އެލް އަލް އިސްރާއީލް") ގެ ދަތުރުތައް ރާއްޖެއަށް ކުރުމުގެ ހުއްދަ ދެއްވަން އުޅުއްވުމުން އެކަންތަކާއި އިދިކޮޅު ހަދައި އެކަންތައް ފޭލް ކޮށްލީ ސީދާ ޢަދާލަތުޕާޓީގެ އިސްނެންގެވުމުގެ މަތީން ހިންގެވި ގައުމީ ޙަރަކާތަކުންކަމަށް މައުރޫފް ވިދާޅުވިއެވެ.

"އޭގައި ޚުދު އަޅުގަނޑުގެ ދައުރުވެސް ކުޑައެއް ނުވާނެއެވެ. އެމައްސަލައިގައި އެކަމުގައި އިސްކޮށް އުޅޭ މީހެއްގެ ޙައިސިއްޔަތުން އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއިބެހޭ މަޖިލީހަށް އަޅުގަނޑު ޙާޒިރު ކޮށް ސުވާލު ކުރެއްވިއެވެ. އޭގެ ޖަވާބެެއްގެ ގޮތުން ފަލަސްޠީނުގެ މަސްއަލަޔާއި ބެހޭގޮތުން ތައްޔާރު ކުރި 80 ވަރަކަށް ސަފްޙާގެ ޑޮކިއުމަންޓެއް އެދުވަހު އެ އެ ކޮމެޓީއަށް ހުށަހެޅީމެވެ. ކޮމެޓީގެ ބައެއް މެމްބަރުން އަޅުގަނޑަށް ވަރަށް ފުރައްސާރަ ކުރެއްވިއެވެ." މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އޭރުވެސް ޣައްޒާޔަށް އެހީތެރި ވުމުގެ ޙަރަކާތްތައް ރާވައި ބޮޑެތި ޢަދަދު ތަކުން ފަންޑު އެއްކުރެއްވީ ޢަދާލަތުޕާޓީގެ ނުވަތަ ޢަދާލަތުގެ ތެރޭގައި ވާ މަދަނީ ޖަމްޢިއްޔާތަކުން އިސްނަންގަވައިގެން އޭރު ހިންގެވި ޙަރަކާތުންކަމަށެެވެ. އަދި އެޙަރަކާތް ތަކުގައި ޢަދާލަތުޕާޓީގެ އިސްބޭފުޅުން ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަމަށާއި އޭގެ ތެރޭގައި މަރުހޫމް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އާއި، ޑރ. ޝަހީމް އާއި ޝައިޚު ޢިމްރާން އާއި ޝައިޚު މުޙައްމަދު ދީދީގެ ދައުރު މައުރޫފް ފާހަަގަކުރެއްވިއެވެ.



މައުރޫފް ވިދާޅުވީ ޢަދާލަތު ޕާޓީގެ ދީނީ އަދި ވަޠަނީ މާޙައުލުގެ ތެރެއިން ތަމްރީނުވެ ވަޑައިގަންނަވައިގެން ސިޔާސީ ދާއިރާއަށް ނިކުންނެވި މިހާރުގެ އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ޢަދާލަތު ޕާޓީގެ އަމީން ޢާންމުގެ ޙައިސިއްޔަތުން ވަރަށް އިސް ދައުރެއް އަދާ ކުރެއްވިކަމަށެވެ. އަދި ހިންގި ކެމްޕޭނުގެ ސަބަބުން އެބޭފުލުންނަށް ވަރަށް ގިނަ ބަޔަކު ދުއްތުރާކޮށް، ފުރާނަޔަށް ނުރައްކާ ކުރާ ހިސާބަށް ކަންތައް ގެންދިޔަކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި މައްސަލަތަކެއް ހުއްޓަސް ފަލަސްޠީނުގެ މަސްއަލައިގައި ނަންގަވާފައިވާ އަދި ނަންގަވަމުން ގެންދަވާ ސްޓޭންޑް ރަނގަޅުކަމަށެވެ. އަދި ރައީސުލް މުންތަޚަބުގެ ގޮތުން ޑރ. މުޢިއްޒު ނަންގަވާފައިވާ ސްޓޭންޑްވެސް ރަނގަޅުކަމަށް މައުރޫފް ވިދާޅުވިއެވެ.

"މިއަދު މިވަނީ ދިވެހި ގައުމު އެކީ އެކައްޗަކަށް ފަލަސްޠީނުގެ މަސްއަލައިގައި އަތުކުރި އޮޅާލާފައެވެ. އައި.އޭ.ސީ ޖަމްޢިއްޔާގެ ފަރާތުން މިއަދު ގެންދަވަނީ ތައުރީފް ޙައްގު މަސައްކަތް ތަކެއް ކުރައްވަމުންނެވެ. ދިވެހި އެންމެހައި ރައްޔިތުންނަކީ އަޚުންނާއި އުޚުތުންނެވެ. ޕާޓީ ފިކުރުގެ ކަނު ޢަސަބިއްޔަތު ދޫކޮށް އިސްލާމީ އަޚު ވަންތަކަން އަލުން އިޢާދަ ކުރަމާ ހިންގަވާށެވެ." މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ މި ޙަގީގަތްތައް ހަނދާން ކޮށްދޭން ޖެހުނީ "ކަޅާއި ހުދު" ނޫނީ އެހެން ކުލައެއް ދުނިޔެއިން ނުފެންނަ، ރުޅިއާއި ނަފްރަތާއި ޢަސަބިއްޔަތު އެއީ އެމީހުންގެ ދީނީ އަދި ގައުމީ މައިގަނޑު ފިކުރު ކަމުގައި ހަދާފައިވާ ބައެއް މީހުންގެ ކަންތަކާއި ހެދިކަމަށެވެ.

ޑރ. މައުރޫފު މިފަދަ ވާހަކަތަކެއް ދެއްކެވި ނަމަވެސް އަދާލަތު ޕާޓީގެ ރައީސްގެ ދާޚިލީ ވަޒީރުކަމުގައި މިސަރުކާރުގައި 2021 ވަނަ އަހަރުގެ މެއި މަހު އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދިޔަ ލާއިންސާނީ އަނިޔާ ތަކާއި ދެކޮޅަށް ޒުވާނުން އިސްނަގައިގެން ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރު ބޭއްވިޔަ ނުދީ ފުލުހުން ވަނީ ހުރަސް އަޅާފައެވެ. އަދި މިކަމުގެ ހަދާންތައް މިއަދު ބައެއް ފަރާތްތަކުން އާކޮށް އަދާލަތު ޕާޓީއަށް ފާޑުކިޔަމުން ދާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ހާއުފާ

24-Oct-2023

މަޢުުރޫފުމެންފަދަ ބޭބޭފުޅުން ނޫސްތަކަށް ތިޔަދޭ ބަޔާންތަކުން ލަދެއްނުގަނޭތަ. ބާރުވެރިކަމެއް ލިބުނުދުވަހު ދެއްކީ އަނިޔާވެރި ކަމެއްނު.



ޓްރެންޑިން