އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުއަށް، ތުރުކީގެ ރައީސް ރަޖަބް ތައްޔިޕް އުރުދުގާން ފޯނުން ގުޅުއްވައި، މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި ފޯނު ކޯލުގައި ތުރުކީގެ ރައީސް ވަނީ ޑރ. މުހައްމަދު މުއިއްޒު މަގާމަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން މަރުހަބާ ދަންނަވާފައެވެ.

ދެ ބޭފުޅުންގެ ދެއްކެވި ވާހަކަފުޅުގައި ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ފަލަސްތީނުގެ ހާލަތާއި ގުޅޭގޮތުންނެވެ.

ތުރުކީގެ ރައީސް ވަނީ ސަރަހައްދުގެ ހަމަޖެހުމާއި ފަލަސްތީނަށް އެހީ ހޯދައިދިނުމަށް ތުރުކީން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ޑރ. މުއިއްްޒުއާ ހިއްސާކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑރ. މުއިއްޒުއަކީ އުރުދުގާނަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ބޭފުޅެކެވެ. އެގޮތުން ޑރ. މުއިއްޒުގެ ކެމްޕެއިންތަކުގައި އުރުދުގާންގެ ކެމްޕެއިންގައި ބޭނުންކޮށްފައިވާ ލަވަތަކުގެ ރާގުތަކަށް ވަނީ ކެމްޕެއިން ލަވަތައް ހައްދަވާފައެވެ.

ޑރ. މުއިއްޒުއެކޭ އެއްފަދައިން އުރުދުގާންއަކީވެސް ތުރުކީގެ އެންމެ ބޮޑު ސިޓީގެ މޭޔަރުކަމުގެ މަގާމުގައި ހުންނަވައިގެން ރިޔާސީ އިންތިހާބެ ކާމިޔާބު ކުރެއްވި ލީޑަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން