ރާޔާ ރިޟާ   22 އޮކްޓޯބަރު 2023 - 15:37
ފުލުހުން ރާއްޖޭގެ ފުޓްބޯޅައާއި ބެހޭ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ފާސްކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އެމުއައްސަސާގެ ޓީމެއް މިހާރު އެފްއޭއެމްގައި ހަރަކާތްތެރިވަމުންދަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެންގުމަކަށް ކަމަށެވެ. ފުލުހުން ބުނިގޮތުގައި ފުލުހުންގެ ޓީމެއް މިވަގުތު އެފްއޭއެމްގައި ހަރަކާތްތެރިވަމުންދަނީ އެއިދާރާގެ މާލީ މުއާމަލާތްތަކާއި ގުޅޭ ޖިނާއީ ތަހުޤީޤަކަށް ބޭނުންވާ ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުންކަމަށެވެ.

އެފްއޭއެމުން އެކި ތަންތަނަށް ދަރާފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު ދަނީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ލިބެމުންދާ ނާކާމިޔާބީގެ ޒިންމާ އެފްއޭއެމްގެ ރައީސް ބައްސާމް އާދިލް ޖަލީލު ނަގަން ޖެހޭ ކަމަށް ބުނަމުންނެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުންނަމަ މިފަހަރު ފުލުހުން އެފްއޭއެމް ފާސްކުރަނީ ދުނިޔޭގެ ފުޓްބޯޅައާއި ބެހޭ މައި އިދާރާ (ފީފާ) އިން ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން