މިދިޔަ މަހު މާލޭގައި 131 ކައިވެނި ރަޖިސްޓްރީކޮށްފައިވާއިރު، 97 ވަރީގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހު އެ ކޯޓުން ވަނީ މިދިޔަ މަހުގެ ކުރީގައި ހުށަހެޅުނު ވަރީގެ މައްސަލަތަކާއިއެކު ޖުމްލަ 152 ވަރީގެ މައްސަލަ ނިންމާފައެވެ.

ސެޕްޓެމްބަރ މަހު ވަރި ސާބިތުކުރުމަށް ފެމިލީ ކޯޓަށް 37 މައްސަލަ ހުށަހަޅާފަވާއިރު ވަރިއާއި މެދު ޝައްކުވެގެން 2 މައްސަަލައެއް ހުށަހަޅާފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އާބާދީގެ ނިސްބަތަށް ބަލާއިރު ރާއްޖެއަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރިގިނަ ގައުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން