މިިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މައްސަލައެވެ. އެގޮތުން ޖިންސީ އަނިޔާގެ 23 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައި ވެއެވެ.

ހަމައެއާއިއެކު، އިހުމާލުގެ 20 މައްސަލައާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 16 މައްސަލަ އާއި ޖިސްމާނީ އަނިޔާގެ 15 މައްސަލަ އަދި ނަފްސާނީ އަނިޔާގެ 3 މައްސަލަ ހިމެނޭ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ. މީގެއިތުރުން ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 6 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލަ ޖެންޑާ މިނިސްޓްރީން ޢާންމުކުރި ހުސްވި މަހުގެ ތަފާސް ހިސާބުގައި ހިމެނެއެވެ.

މިނޫންވެސް ކުޑަކުދިންނަށް ދީފައިވާ އެހެނިހެން ބާވަތުގެ އަނިޔާގެ 3 މައްސަލަ މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން