ވިނަރެސް ފްލެޓަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އިންޓްރަސްޓް ރޭޓް ކުޑަކޮށްފިއެވެ.

ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓްތަކަށް ކުލިދައްކާ ފަރާތްތަކަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް 9 އިންސައްތަ އިން 6 އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށް އަރބަންކޯއިން ބުންޏެވެ. މީގެ ސަބަބުން ދިގު މުއްދަތަކަށް ބަހާލައިގެން ކުލި ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއި ވެގެންދާނެ ކަމަށް އާބަންކޯއިން ބުނެވެ.



މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އަރބަންކޯ އިން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުންނެވެ. މިގޮތުން މިސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަރބަންކޯއިން ހިންގާފައިވާ ވިނަރެސް މަޝްރޫއުން ފްލެޓް ގަނެފައިވާ 288 ފަރާތަކާއެކު މިހާތަނަށް އެގްރީމެންޓްގައި ސޮއި ކުރެވިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން