ވ. ރަކީދޫ ސްކޫލްގައި ސެޓެލައިޓް ސްކޫލް ނިޒާމުން މިއަދު ކިޔަވައިދޭން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޫލުގެ ކިޔެވުން ފެށީ 3 ދަރިވަރުންނާއިއެކު ކަމަށެވެ.



ރާއްޖޭގެ 6 ރަށެއްގައި މިހާރު ވަނީ ސެޓެލައިޓް ސްކޫލް ޤާއިމްކޮށްފައެވެ. އެއީ ބ. ފެހެންދޫ، ބ. ފުޅަދޫ، ގއ. ކޮނޑޭ، އދ. ދިއްދޫ، ވ. ތިނަދޫ އަދި ވ. ރަކީދޫގައެވެ. ރަކީދޫ ސްކޫލްގައި ކިޔަވައިދޭން ފެށުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މިހާރު ކިޔަވައިދޭ ސްކޫލެއް ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ރަކީދޫ ސްކޫލުގައި މިހާތަނަށް ކިޔެވުން މެދުކެނޑިފައިވުމާއި ގުޅިގެން އެ އަތޮޅު ކައުންސިލުން ވަނީ މި މަހުގެ ކުރީކޮޅު އެކަންތައް އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.

ފެލިދެ އަތޮޅު ކައުންސިލުން ބުނީ ރަކީދޫގައި ދިރިއުޅޭ އެކި އުމުރުފުރާގެ 4 ކުދިންނަށް އެ ރަށު ސްކޫލު ނުހުޅުވާތީ ކިޔެވުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށެވެ. ކައުންސިލުން ވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއަށް އެ މައްސަލަ ސިޓީއަކުން ހުށަހަޅާފައެވެ.

އެހެން ނަމަވެސް، އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ ޢޭރު ވިދާޅުވީ ރަކީދޫ ސްކޫލަށް ވަނުމަށް އެދި ހުށަހަޅާފައިވަނީ 4 އަހަރުން ދަށުގެ ތިން ކުދިން ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ލާޒިމް ވަނީ 4 އަހަރުން މަތީގެ ކުދިންނަށް ތައުލީމް ދިނުމަށް ކަމުގައި ވަޒީރު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން