ރާއްޖޭގެ އެއާޕޯޓްތަކުގައި ހުރި ޕްރެޝާ ޕެޑް ސިސްޓަމްތައް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

އެއާޕޯޓްތަކުގައި ހުރި ޕްރެޝާ ޕެޑް ސިސްޓަމްތައް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލީ ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި މިދިޔަ ހަފުތާގައި ޕްރެޝާ ޕެޑެއް ގޮވައި ބަޔަކަށް އަނިޔާވި ހާދިސާއާ ގުޅިގެނެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ސަަބަބު ތަހުޤީޤްކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ އެ ކުންފުންޏާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން ތަހުގީގު ކުރަމުންދާކަމަށް ވެސް ބުނެފައި ވެއެވެ.

މި މައްސަލައިގައި ޕްރެޝާ ފެޑް ސިސްޓަމްތައް ހުރިހާ އެއާޕޯޓެއްގައިވެސް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އަދި އެއީ މި ހާދިސާ ހިނގުމުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށްވެސް އޭނާ ބުންޏެވެ.

ފްރެޝާ ފެޑް ސިސްޓަމަކީ ފަޔާ ޑްރިލް ނުވަތަ ޓްރެއިނިންތަކުގައި، އަލިފާންނިވާ މީހުން ބޭނުންކުރާ އެއްޗެކެވެ.

ކުޅުފުއްފުށީގައި ހިނގި ހާދިސާގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި އޭނާ ބޭރަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން