އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމަަށް ބާރުއަޅުއްވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފް އާދިއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ހިންގުމުގައި އެޕާޓީގެ ބައިވެރިވުން އޮންނާނެ ކަމަށެވެެ. އަދި ޑިމޮކްރެޓްސް ސަރުކާރު ހިންގުމުގައި ބައިވެރިވި ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކުރަންޖެހޭ މަސައްކަތް އެ ޕާޓީން ކުރަމުން ގެންދާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. އެގޮތުން ރައްޔިތުން ބޭނުންވާ ބަދަލު ސަރުކާރަށް ގެނައުމަށް ސަރުކާރަށް އަބަދުވެސް ބާރުއަޅާނެކަމަށް ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު ޑިރެކްޓަރ އޮފް ޓްރާންޝިޝަން އާއި ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި އެބައްދަލުވުމުގައި ޑިމޮކްރެޓުންގެ ޚިޔާލާ މަޝްވަރާ ދީފައިވާނެ ކަމަށެވެ. އަދި އަލަށް އެކުލެވޭ ސަރުކާރުގައި އެޕާޓީގެ ބައިވެރިވުމާއި މެދު މަޝްވަރާތައް މިހާރު ވެސް ކުރަމުންދާ ކަމަށް ހަސަން ވިދާޅުވިއެވެ. އަލަށް އެކުލަވާލާ ސަރުކާރުން ލިބޭ މަގާމުތަކަށް ވުރެ މުހިންމީ އެ ޕާޓީން ގަބޫލު ކުރާ މިންގަނޑުގެ ތެރެއިން އައު ސަރުކާރުގެ ސިޔާސަތުތައް ބައްޓަންވުން ކަމަށް ހަސަން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ލޮލް

24-Oct-2023

ކަލޭމެން އެއްބާރުލުންނުދިނަސްވަރިހަމަ އަހަރެމެނެން ނޫޅެން ކަލޭމެންގެ ބާރުހޯދާކަށް ތިއުޅެނީ ގަންޖާބޯބޭރުކޮއްފާނެތީދޯ ވަރިހަމަކުރާނަން



ޓްރެންޑިން