ލ.ގަން
ލ.ގަން
ލ. މުންޑޫއާއި ކަޅައިދޫން ގަމަށް ބަދަލުވި މީހުންގެ ތެރެއިން ކޮންމެ ގެއަކަށް ސަރުކާރުން ދޭ 50،000 ރުފިޔާ އަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ލ. ގަމު ކައުންސިލުން ބުނެފިއެވެ.

2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާ އާއި ގުޅިގެން މުންޑޫ އަދި ކަޅައިދޫން ގަމަށް ބަދަލުވި ކޮންމެ ގެއަކަށް 50،000 ރުފިޔާގެ އިނާޔަތެއް ދެއްވުމަށް، ނިންމަވާފައިވާކަން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ އިއުލާން ކުރައްވާފައެވެެ.

ގަމު ކައުންސިލުން މިއަދު ބުނީ އެ އިނާޔަތަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެެ. ސަރުކާރުން ދެއްވާ އިނާޔަތަށް މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ކުރިމަތިލެވޭނެ ކަމަށް ގަމު ކައުންސިލުން ބުނެފައިވެއެވެ.

ސަރުކާރުން އެމީހުންނަށް މި އިނާޔަތް ދޭން ނިންމި އިރު އެދެރަށު މީހުން ގަމުގައި ދިރިއުޅޭތާ މިހާރު އަހަރު ތަކެއް ވެއްޖެއެވެ.

ގަމަކީ ރާއްޖޭގައި އެންމެ ބިން ބޮޑު ރަށްތަކުގެ ތެރެއިން ރަށެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން