ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު މުހައްމަދު ފައްޔާޒް ގިލާނީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހާރިޖީ ވުޒާރާގައެވެ.

ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު މުހައްމަދު ފައްޔާޒް، ހާރިޖީ ވަޒީރު އަރިހަަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެެވެ.



ހާުރިޖީ ވުޒާރާއިން ބުނީ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ވަރުގަދަ ގުޅުން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިކަމަށެވެ. އަދި ދެ ގައުމުގެ މަސްލަހަތު އޮތް ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން