ކޮންމެ ސަރުކާރަކާއި އެއްކޮށް ކުންފުނިތަކުގެ މަތި އެއްކޮށް ބަދަލުވާން ނުޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ ސަަރުކާރުތަކުން އިންތިހާބުތަކަށް ނުފޫޒުފޯރުވުން ހުއްޓައިލަން ގޮވާލައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުތައް ބަދަލުވުމާއިއެކު ކޮންމެ ފަހަރަކު ކުންފުނިތަކުގެ ވެރިން ބަދަލުނުކުރުމުން އެ ކުންފުނިތައް ހަރުދަނާކޮށް ހިންގިދާނެ ކަމަށެވެ.

"ސަރުކާރުގެ ކުންފުނިތައް ހިންގަން ތިބެން ޖެހޭނީ ހަރުދަނާ، ކުންފުނިތައް ހިންގޭ ވަރުގެ ގާބިލު މީހުން. ކޮންމެ ސަރުކާރަކާ އެއްކޮށް ކޮންމެ ކުންފުންޏެއްގެ މަތި އެއްކޮށް ބަދަލުވާކަށް ނުވެސް ޖެހޭނެ އިނގޭތޯ؟" އަސްލަމް ވިދާޅުވިއެވެ.

ކުންފުނިތަކުގެ އިތުރަށް މުއައްސަސާތަކުގެ އިސް ބޭފުޅުންވެސް ބަދަލުވާކަމަށް ވިދާޅުވެ އަސްލަމް ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޖ

24-Oct-2023

އަސަލަމަކަށް ނޭގޭނެ ހިންގަންވާގޮތް



ޓްރެންޑިން