ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއ،ި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ ޢަމަލުތަކަކ،ީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގާ ތަޙުޤީޤުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ ޢަމަލުތަކެއްކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ބައެއް އިދާރާތަކާއ،ި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔެކިޔުން ނައްތައިލަމުންދާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅަމުންދާކަމަަށެވެ.

އޭސީސީން ވަނީ ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއ،ި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ ޢަމަލުތަކަކ،ީ އެ ކޮމިޝަނުން ހިންގާ ތަޙުޤީޤުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ ޢަމަލުތަކެއް ކަމުގައިވާތ،ީ އެފަދަ ޢަމަލުތައް ހުއްޓާލުމަށް އަންގާފައެވެ. އެހެންކަމުން އެފަދަކަމެއް ކުރުމަށް ވަކި ފަރާތަކުން އަންގާ ޙާލަތެއްގައި އެފަދަ ޢަމަލުތަކުން ދުރުހެލިވެ ނަޒާހަތްތެރިކަން އިސްކުރުމަށް އޭސީސީން ވަނީ ހަނދާންކޮށްދީފައެެވެ.

މީގެއިތުރުން އޭސީސީން ވަނީ އެފަދަ ޢަމަލެއް ހިންގާކަމުގެ މަޢުލޫމާތު އެއްވެސް ފަރާތަކަށް ލިބޭނަމަ އެކަމުގެ ތަފުސީލީ މަޢުލޫމާތާއެކު އެކޮމިޝަނަށް ހުށަހެޅުއްވުމަށް ވެސް އެދިފައެވެ.

ދައުލަތުގެ ލިޔެކިޔުމަށް ބަދަލުގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ ޢަމަލުތަކަކ،ީ ދިވެހިރާއްޖޭގެ ޤާނޫނުތަކުން ކުށްކަމުގައި ކަނޑައަޅާފައިވާ ޢަމަލުތަކެއް ކަމުގައިވާތީ އެކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިފަދަ ޢަމަލުތައް ހުއްޓުވައިދިނުމަށް ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައިވެސް ދަންނަވާފައިވާކަމަށެވެ.

ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ ޢަމަލުތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގާ ތަޙުޤީޤުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ ޢަމަލުތަކެއްކަމަށް އޭސީސީން ބުނެފައި މިވަނީ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން