ރައީސް އިބްރާހިމް މުހައްމަދު ސާލިހް ރާއްޖެއިން ބޭރަށް ކުރެެއްވި ދަތުރުފުޅެއްގެ ތަފްސީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރު އަންގާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2021 ވަނަ އަހަރު އދ. ގައި ތަގްރީރު ކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއްގެ ހަރަދުތަކުގެ ތަފްސީލް ހޯދުމަށެވެ.
އެ ދަތުރުފުޅުގެ ހަރަދުތަކާއި ތަފްސީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. ނަމަވެސް މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވުމުން ދައުލަތުން ވަނީ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފްކޮށްފައެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖިލީހުން މިދިޔަ ހަފުތާގައި ނިންމީ ދައުލަތުން އެ މައްސަލަ ހުށަހަޅާފައިވަނީ ގާނޫނީ ގޮތުން ބަހުސް ކުރެވޭ ނުކުތާތަކެއްގެ މައްޗަށް ކަމަށްވާތީ އެ މައްސަލަ ބަލައިގަތުމަށެވެ.
މި މައުލޫމާތުތައް ހާމަކުރަން ދެކޮޅު ހަދަމުން ދައުލަތުން ބުނެފައިވަނީ ރައީސްގެ ދަތުރުފުޅުގެ ހަރަދުގެ ބަޔާންތައް ހާމަކޮށްފިނަމަ ރައީސްގެ ސެކިއުރިޓީއަށް ބުރޫ އެރުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އަދި އޭގެ އިތުރުން ޒާތީ މައުލޫމާތުތަކެއްވެސް ހާމަވެދާނެކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ހައިކޯޓުގެ ނިންމުމުގައިވަނީ އެ މައުލޫމާތު އުނިކުރުމަށްފަހު ވެސް ދަތުރުގެ ތަފްސީލުތައް ހާމަކުރަން ޖެހޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު