ސަރުކާރުގެ ލިޔެކިޔުންތައް ނައްތާލުމަކީ ޝައްކުގެ ނަޒަރުން ބެލޭނެ ކަމެއްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވީ ސަރުކާރުގެ ތެޔޮ ކުންފުނި، އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ޒައިދު ވިދާޅުވީ އިންތިޤާލީ ދުވަސްވަރެއްގައި ސަރުކާރުގެ ނުވަތަ ސަރުކާރުގެ ބާރު ހިނގާ އެއްވެސް އިދާރާއަކުން ލިޔެކިޔުންތައް ނައްތާލުމަކީ އެބަޔަކާމެދު ޝައްކުގެ ނަޒަރުން ބެލޭނެ ކަމެެއްކަމަށެވެ. އަދި ސިއްރުކުރުމާއި ވަންހަނާ ކުރުމުގެ ޠަބީޢަތް އޮންނާނީ ކަރަޕްޝަނާއި ފަސާދަ، ވައްކަމާއި ޚިޔާނާތް ފަދަ ކަންކަމުގައި ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.



އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލި މައްސަލައާއި ގުޅިގެން އޭސީސީންވެސް އެކަން ފުލުހުންގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އަދި އެއީ ގާނޫނީގޮތުން ކުށެއްކަމަށްވެސް އޭސީސީން ބުނެއެވެ.

ނަމަވެސް އެފްއެސްއެމް އިން ބުނީ ނައްތާލާފަޢިވަނީ ގިނަ ދުވަސްވެފައިވާ ލިޔުންތަކެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން