އަންނަ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓްގެ ގޮތުގައި 112.27 މިލިއަން ރުފިޔާ ހަމަޖެއްސުމަށް ފަސްކޮށްފިއެވެ.

އޮޑިޓް އޮފީހަށް 112 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ފާސްކުރީ މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައެވެ.

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކޮށްފައި ވަނީ އެ އޮފީހުން ހުށަހެޅި ބަޖެޓަށް ގެނައި ބައެއް އިސްލާހުތަކާއެކުއެވެ. އެގޮތުން މުވައްޒަފުންގެ ޑިޕެންޑެންޓު އެލަވަންސް ބޮޑުކުރުމަށް ބަޖެޓުކުރި 10.4 މިލިއަން ރުފިޔާ އުނިކޮށް، އާ އޮފީސް އިމާރާތުގެ ބަޖެޓަށް 38.1 ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. އަދި ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ޖުމުލަ 74.14 މިލިއަން ރުފިޔާ އަށް ވަނީ ކޮމިޓީން ކުޑަކޮށްފައެވެ.

އޮޑިޓް އޮފީހަށް 112 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން މަޖިލީހަށް ފޮނުވީ 123 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިއަހަރު އޮޑިޓް އޮފީހަށް ފާސްކޮށްފައި ވަނީ 93 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން