އިސްރާއީލާއި ފަލަސްޠީނުގެ މައްސަލައާއި ގުޅިގެން އދ. ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވެއް ބާއްވަން ދިވެހިރާއްޖެއިން ހުށަހަޅައިފިއެވެ.

ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނުގެ އާއްމުންނާއި ކުޑަކުދިންނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން އދގެ އާއްމު މަޖިލީހުގެ 10 ވަނަ އެމަޖެންސީ ކުއްލި ސެޝަން ކުރިއަށް ގެންދިއުމަށް ރާއްޖެއިން ހުށަހަޅާފައިވާކަމަށެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އިރުޝާދުގެ ދަށުން، އެހެން ގައުމުތަކާއި ގުޅިގެން ހުށަހެޅި ހުށަހެޅުމެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.



ޝާހިދުގެ ޓްވީޓްގައި ވަނީ ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކުކަމަށް ބުނާ ބުނުން ތަކުރާރުކުރަށްވާފައެވެ.

އދ. ގެ ޖެނެރަލް އެސެންބްލީގެ ހާއްސަ ކުއްލި ބައްދަލުވުމަކީ މައްސަލައަކާއި ގުޅިގެން ސަލާމަތީ މަޖިލީހުން ގޮތެއް ނިންމުމުގައި ކާމިޔާބު ނުވުމުން، ބާއްވާ ބައްދަލުވުމެކެވެ. މިގޮތުން މިހާރު ބޮޑުވެގެން އުޅޭ ފަލަސްތީނުގެ މައްސަލާގައި އދގެ ސަލާމަތީ މަޖިލީހަށް އެއްވެސް ގަރާރެއް ފާސްކުރެވިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން