ރަައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވާދަކުރައްވަން ނިންމަވައިފިއެވެ.

އެދާއިރާއަށް ކުރިމަތިލައްވާކަން ހާމަކުރައްވަމުން ނަރީޝް ވަނީ ވީހާވެސް ގިނަ ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން އޭނާއަށް ވޯޓުލެއްވުމަށް އެދިވަޑައިގެންފައެވެ. މިއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ނިންމި ނިންމުމެއްކަމަށްވެސް ނަރީޝް ވިދާޅުވިއެެވެ.

‎"މާތް ﷲ ގެ ވާގިފުޅާއިއެކު ކުރިޔަށް އޮތް ރައްޔިތުން މަޖިލީސް އިންތިޚާބުގައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް / ޕީއެންސީ ޕްރައިމަރީގައި ވާދަކުރަން އަޅުގަނޑު ނިންމައިފިން." ނަރީޝް ވިދާޅުވެފައި ވެއެވެ.

މިވަގުތު މާލެ ސިޓީ ކައުންސިލުގައި މޭޔަރުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެގެން ހުންނެވި ނަރީޝްއާއިއެކު ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީ ޓިކެޓަށް ވާދަކުރައްވަނީ ކޮން ބައެއްކަމެއް އަދި ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން