ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ގައުމީ އަރުޝީފަށް އެންގުމަކާ ނުލައި ލިޔެކިޔުންތަކެއް ނައްތާލި މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން ފުލުހުންގެ އިދާރާގައި އެދޭނެ ކަމަށް ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އާމިރު ވިދާޅުވެއްޖެއެވެ.

ކ. ތިލަފުށީގައި އިއްޔެ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ނައްތާލަމުން ދިޔަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އާންމުކުރީ އެ ކުންފުނީގެ މުވައްޒަފެކެެވެ. އެ މުވައްޒަފު ވަޒީފާގެ މަސްއޫލިއްޔަތު ތަކުން މިހާރު ވަނީ ދުރުކޮށްފައެވެ.

މީޑިޔާއަށް މައުލޫމާތު ދެެއްވަމުން ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އާމިރު ވިދާޅުވީ ދައުލަތުގެ ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ ވިޔަސް، ލިޔެކިޔުންތައް ނައްތާލަން ޖެހޭނީ ގައުމީ އަރުޝީފުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށާއި އެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލާފައިވާއިރު އެކަން ގައުމީ އަރުޝީފަށް އަންގާފައި ނެތް ކަމަށެވެ. އެހެންކަމުން އެކަން ހިނގައިދިޔަ ގޮތް ބަލައި ފިޔަވަޅު އަޅައިދިނުމަށް ފުލުހުންނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެެ.

ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުން ދާ ކަމުގެ މައުލޫމާތު ލިބޭތީ އެކަން ހުއްޓުވައިދޭން ފުލުހުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މިއަދު ވަނީ އަންގާފައެވެ.

ގައުމީ އަރުޝީފުގެ ގާނޫނުގައި ބުނާގޮތުން ދައުލަތުގެ އޮފީހަކުން އެއްވެސް ލިޔެކިޔުމެއް ނައްތާލެވޭނީ ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލަށް ހުށަހަޅައި، އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަރުޝީފުކޮށްފައިވާ އެއްޗަކަށް ގަސްދުގައި ގެއްލުމެއް ދީފި ނަމަ، އަދަބެއްގެ ގޮތުގައި 10،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު، ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.

ލިޔުންތަށް ނައްތާލި މައްސަލައިގައި ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވުމުން އެފްއެސްއެމުން ބުނީ ނައްތާލީ ގިނަ ދުވަސްވެ ހަލާކުވެފައިވާ ލިޔުންތަކެއް ކަމަށާއި މުހިންމު ލިޔެކިޔުމެއް ނައްތާލާފައިނުވާނެ ކަމަށެވެ.

"ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ، ގިނަ އަހަރުތަކެއް ވަންދެން ގުދަން ކުރެވިފައިހުރި، އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން،" އެފްއެސްއެމުން ނެރުނު ބަޔާނުގައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު


2

ދުމަހުއަ

24-Oct-2023

ގިނަދުވަސް މަދުދުވަހެއްނޫން މިނިންމީ އަންގަންޖޭހޭ ފަރާތައް ނޭންގުން މައްސަލައަކީ ތިކަމުގައި ޒިންމާ ވާމީހަކާ ގާނޫނުގައިވާ ޙުކުމް ގައިވާ އަދަބު ދެވެން ޖެހޭނެ



ޓްރެންޑިން