ރަައްޔިތުންނަށް އެންމެ ބޭނުންތެރި މުހިންމު ސިޔާސަތުތައް ރާވައި ހިންގަނީ އެމްޑީޕީން ކަމަށް އެޕާޓީގެ ކުރީގެ ރައީސް އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސިޔާސަތުތަކާއި ބެހޭގޮތުން ކުރީގެ ރައީސް، އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވީ ރަައްޔިތުންނަށް އެންމެ ބޭނުންތެރި މުހިންމު ސިޔާސަތުތައް ރާވަނީ އެމްޑީޕީން ކަމަށާއި އަދި ރައްޔިތުންނަށް މުހިންމު ބޭނުންތެރި ސިޔާސަތުތައް ތަންފީޒު ކުރަމުން ގެންދަނީ ވެސް އެމްޑީޕީން ކަމަށެވެ.

"އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންނަށް އެންމެ ބޭނުންތެރި މުހިންމު ސިޔާސަތުތައް ރާވައި ތަންފީޒުކުރާ ޕާޓީއެއްކަން ރައީސް ސޯލިހްގެ ގެދޮރުވެރިޔާ ސިޔާސަތަށް އެކަނި ބަލާލުމުން ވެސް ވަނީ ސާބިތުވެފައި ކަން ކަށަވަރު،" ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރު ކަން ކުރެއްވި ޑރ. ޑީޑީ ވިދާޅުވިއެވެ.



ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުން ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދުނު ހުރިހާ ފަރާތްތަކަށް މި ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެެވެ.

މީގެ އިތުރުން މިއަހަރު ބޭއްވި ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރުނު މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބިން ދަތި ރަށްރަށުގައި ބިން ހިއްކައިގެން ވިޔަސް ގޯތި ދޫކުރުމާއި ހައުސިން ޔުނިޓު އިމާރާތްކުރުމުގެ އިތުރުން ގެދޮރު އިމާރާތްކުރަން ހާއްސަ ބޭންކެއް ގާއިމްކޮށް، ކުޑަ އިންޓްރެސްޓާއި އިކުއިޓީގައި ލޯނު ދޫކުރަން ވެސް ހިމަނާފައިވާ ކަން ފާހަގަކޮށްލެވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން