ފޮޓޮ: ސިވިލް ސަރވިސް ކޮމިޝަން
ފޮޓޮ: ސިވިލް ސަރވިސް ކޮމިޝަން
ސަރުކާރު ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާ ސިވިލް ސާވަންޓުންނަށް ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް އިސްލާހު ގެނެސްފިއެވެ.

މި އިސްލާހުގައިވާ ގޮތުން، ސިވިލް ސާވަންޓުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރުން، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަހުގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭނެއެވެ.

އެހެން ނަމަވެސް، ހާޒިރީ އެލަވަންސް ލިބޭނީ ރަސްމީ މަސައްކަތުގެ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ވަގުތުގެ ދެބައިކުޅަ އެއްބައި ވަގުތަށް ބަންދު ދުވަސްތަކުގައި މަސައްކަތްކޮށްގެން ކަމަށް މި އިސްލާހުގައި ބުނެފައި ވެއެވެ.

މީގެ އިތުރަށްވެސް، އޮފީހުގެ ފަރާތުން ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގައި ހޭދަވާ ދުވަސްތަކަށްވެސް ހާޒިރީ އެލަވަންސް ލިބޭނެ ކަމަށް މި އިސްލާހުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އިބްރާހިމް

25-Oct-2023

މުސާރައިގެ 35% ދީފައި އިތުރުގަޑި ރަސްމީދުވަހު 44 ގަޑި ހަމަނުވާނަމަ އިތުރުގަޑި ނުދޭގޮތަށް ހަމަޖެއްސީމަ އެވަނީ މުސާރަބޮޑުތަ މިކަހަލަ ކުރިއެރުން މިދެނީ



ޓްރެންޑިން