އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އަންނަ ހަފްތާގައި މަޖިލީހަށް ހުށަހަޅާނެކަމަށް ސަރުކާރުން ބުނެފިއެވެ.
މާލިއްޔަތު ގާނޫނުގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހިނގަމުންދާ އަހަރުގެ އޮކްޓޫބަރުމަހުގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި ނޮވެންބަރުމަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަންޖެހެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ނިމެމުންދާކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގައި މަޖިލީހަށް ބަޖެޓް ހުށަހަޅާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މަޖިލީހަށް ބަޖެޓް ހުށަހެޅުމުން، ބަޖެޓަށް ބަހުސްކުރުމަށް ހުރިހާ މެމްބަރުންނަށް ހަމަހަމަ ފުރުސަތުދޭނެއެވެ.
ބަޖެޓް ދިރާސާކުރާނީ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގައި ހިމެނޭ މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ، ނުވަތަ ބަޖެޓް ކޮމިޓީންނެވެ. އަދި ބަޖެޓް ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ބަހުސްކުރުމާއި އިސްލާހު ހުށަހެޅުމުގެ ފުރުސަތު މެމްބަރުންނަށް ލިބޭނެއެވެ.
ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު މަޖިލީހުން ބައެއް އިސްލާހުތައް މަޖިލީހަށް ވަނީ ގެނެސްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިފަހަރުގެ ބަޖެޓް ސަރުކާރުން ތައްޔާރުކޮށްފައިވަނީ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވާ އައު ސަރުކާރުން ބޭނުންވާ ކަންކަންވެސް ހިމަނައިގެންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅަން ތައްޔާރުވަމުންދަނީ 50 ބިލިއަން ރުފިޔާއާ ގާތްކުރާ ބަޖެޓެކެވެ.

ކިޔުންތެރިންގެ ހިޔާލު