ފޮޓޯ: ފެނަކަ ކޯޕަރޭޝަން
ފޮޓޯ: ފެނަކަ ކޯޕަރޭޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯދަން އެންގި 20 މިލިއަން ރުފިޔާއަކީ ނޮވެމްބަރު 2018ގެ ކުރިން ހިންގާފައިވާ 4 މުއާމަލާތަކާއި ގުޅުންހުރި ފައިސާތަކެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިހެން ބުނީ އެކޯޕަރޭޝަނާ ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި އެތަހުގީގުތަކުގެ ތެރެއިން 20 މިލިއަން ރުފިޔާ ހޯދަން އެކޯޕަރޭޝަނަށް އަންގާފައިވާ ކަަމަށް އޭސީސީން ހާމަކުރުމާއި ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔަކާނެއްގައެވެ.

ފެނަކަ ކޯޕަޜޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި އޭސީސީން ބަލަމުންދާ މައްސަލަތަކަކީ 2011 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އުފެދިފައިވާ މައްސަލަތަކެއް ކަމަށެވެ.



20 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އޭސީސީން އަންގާފައިވާ 4 މައްސަލަތަކަކީ؛

- ސަދަން ޔުޓިލިޓީ ކުންފުނީގެ ކުރީގެ ފިނޭންސް ޑިރެކްޓަރު ކިޔަވަން ދިއުމަށް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނާ 240،000 ރުފިޔާ.

- އަމިއްލަ ކުންފުންޏަކާ އެކު 2015 ވަނަ އަހަރު ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ކުންފުނީގެ ޕްރިކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަން ޖެހޭ ޖޫރިމަނާ ފައިސާ އުނިނުކޮށް އެ ކުންފުންޏަށް ފައިސާ ދޫކުރުމުގެ ސަބަބުން ފެނަކައަށް ލިބުނު ގެއްލުމަށްވާ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ

- 2016 ވަނަ އަހަރު ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކާ އެކު ކުރި މުއާމަލާތަކުން ލިބެން ޖެހޭ 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ

- 2017 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ބިލިން ސޮފްޓްވެއާއެއް ހޯދަން އަމިއްލަ ކުންފުންޏަކާ އެކު ކޮށްފައިވާ މުއާމަލާތަކުން ކުންފުންޏަށް ގެއްލިފައިވާ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ.

ފެނަކައިން ބުނީ ބަލަމުންދާ މައްސަލަތަކުގެ ޢަދަދު ކަމަށް އޭސީސީން ބަޔާންކުރައްވާފައިވާ ތަފާސްހިސާބަކީ، 2012 ވަނަ އަހަރު އެ ކުންފުނި ވުޖޫދު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުރި މައްސަލަ ތަކުގައި ހިމެނޭ ފައިސާގެ ޢަދަދުތަކެއް ކަމަށެވެ.

"ޒިންމާވާ ފަރާތްތަކުގެ އަތުން ކުންފުންޏަށް ހޯދުމަށް އެ ކޮމިޝަނުން އަންގަވާފައިވާ 20،504،491.54 (ވިހި މިލިޔަން ފައްސަތޭކަ ހަތަރު ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަންސާސް ހަތަރު ލާރި) އަކީ، 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކުންފުނިން ހިންގާފައިވާ ޖުމްލަ 04 މުޢާމަލާތަކާ ގުޅިގެން ހޯދުމަށް އަންގާފައިވާ ފައިސާ." އޭސީސީގެ ބަޔާނަށް ރައްދު ދީ ފެނަކައިން ނެރުނު ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން