ރާއްޖޭގައި ރިިއަލް އެސްޓޭޓްއާއި ބެހޭ ޤާނޫނެއް ނެތި ރާއްޖޭގައި ޓުއަރިޒަމްގެ އިންވެސްޓްމަންޓްތައް ބޮއްސުންލައިގެންދާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.

މި ބިލަށް ވާހަކަދައްކަވަމުން ބޮންޑެ ވިދާޅުވީ ޓޫރިޒަމާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ގެންނަން ބޭނުމިއްޔާ ރާއްޖޭގައި ޓޫއަރިޒަމްގެ ޤާނޫނެއް އެކުލަވާލުން ވަރަށް މުހިންމު ކަމަށެވެ. އެހެން ނޫނީ ކަންކަން ބޮއްސުންލައިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިކަމަކީ ރިއަލް އެސްޓޭޓުގެ ވިޔަފާރިއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިކަމަށް އިންވެސްޓް ކުރާނެ ވަރަށް ގިނަ ފަރާތްތައް އެބަ ތިބި. އެކަމު މިމަރުހަލާގައި ވާގޮތަކީ ކޮންމެ ސަރުކާރެއް އޮތަސް، އެ ސަރުކާރެއްގައި ތިބޭ ބަޔަކު، މި އިންވެސްޓަރުންގެ އަތުން ފައިސާ ނެގުމާ، އެފަދަ ކަންކަން އެބަ ހިންގާ. އެހެންވީމާ މިކަން އެގޮތަށް ނުދާނެ ގޮތަކަށް ރިއަލް އެސްޓޭޓު ގާނޫނެއް ފުރަތަމަ އެކުލަވާލަން އެބަޖެހޭ." ބޮންޑެ ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް އޭނާ ވަނީ ރައީސް ޔާމީންގެ ދައުރުގައި ފަރުމާކުރެވުނު ރިއަލް އެސްޓޭޓު ގާނޫނާ ގުޅޭ ބިލަށް ވީނުވީއެއް ނޭނގި "ގެއްލިއްޖެ" ކަން ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން