ސިފައިންގެ މީހަކު މަގުމަތިން ހިފަހައްޓައި އަނިޔާކުރި ކަމަށް ބުނާ މައްސަލައެއްގައި ރޭ ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ކެނެރީމަގުގައި މާރާމާރީއެއް ހިންގާކަމަށް ރޭ 10:00 ހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ދޫކޮށްލާފައިވަނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެެވެ. ފުލުހުންގެ ޚިދުމަތުން ބުނީ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކާއި އެކު ކަމަށެވެެ.

ކްރިމިނަލް ކޯޓުން ވަނީ ޝުމްބާގެ މައްޗަށް އެމައްސަލައިގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ނަމަވެސް ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ނިންމާފައެވެ.

މޯލްޑިވްސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ކައުންސިލް މެމްބަރު ޝުމްބާ ވަކީލު މުހައްމަދު ހަލީމް ރޭ ވިދާޅުވީ ޝުމްބާ ހައްޔަރުކުރީ ބަޔަކު އެއްވެގެން އުޅޭތީ އެކަން ކަވަރުކުރަން ގޮސް ހުއްޓާ ކަމަށެވެ. ޝުމްބާ މާރާމާރީއެއް ނުހިންގާ ކަމަށް ވަކީލް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން