އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަމުގައި އައްޑޫ ސިޓީގައި ބިމެއް ނުވަތަ ގޯއްޗެއް ނެތްކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިކަން ހާމަކޮށްފައި ވަނީ ރޮޒައިނާގެ ބިމެއް އައްޑޫގައި އޮތްތޯ ބައްލަވައިދެއްވުން އެދި ރޮޒައިނާ ފޮނުއްވި ސިޓީއަކަށް ދެއްވި ޖަވާބުގައެވެ.

މިމައުލޫމާތު އޮޅުންފިލުވަން ރޮޒެއިނާ އެދިވަޑައިގަތީ އޭނާގެ އަތުގައި ބައެއް ރަށްރަށުން ލިބިފައިވާ ގޯތިތަކާ ބިން ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ފެތުރި ވާހަކައާއި ގުޅިގެނެވެ.



ރޮޒައިނާ ވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމާއި ބެހޭ ފަރާތްތަކުން މައުލޫމާތު އޮޅުންފިލުވަން ސިޓީ ފޮނުއްވާފައެވެ.

އައްޑޫ ސިޓީ ކައުންސިލަށް ފޮނުއްވި ސިޓީގެ ޖަވާބުގައި އެ ކައުންސިލުން ބުނީ އެ ސިޓީގެ އެއްވެސް ރަށެއްގައި ރޮޒެއިނާގެ ނަމުގައި ބިމެއް ނުވަތަ ގޯއްޗެއް ނެތްކަމަށެވެ.

ރޮޒައިނާ ވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން، ލ އަތޮޅު ކައުންސިލާއި ނ. އަތޮޅު ކައުންސިލު އަދި އދ އަތޮޅު ކައުންސިލަށްވެސް މި މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާފައެވެ. އަދި ޖަވާބު ލިބުމުން އާއްމު ކުރާނެކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

އައްޓަމަސް

26-Oct-2023

ކ.އަތޮޅު ކައުންސިލުގެ ސިޓީއެއްވެސް ބޭނުން


-2

ޢަހުމަދު

26-Oct-2023

ނަސީބެއް ނެތްކަން



ޓްރެންޑިން