ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރައްވާ ހުވާ ބަލައިނުގަތުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ އަންނަ މަހުގެ 17 ވަނަ ދުވަހު އިންތިހާބީ ރައީސް ކުރައްވާ ހުވާ ބަލައިނުގަތުމަށް އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުވާ ކުރައްވައިގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާއެއް ކަމަށް ނުބަލާނެ ވާހަކަ މި ދެންނެވީ،" އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީން މިއަދު ބުނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ރިޔާސަތުގައި އެމަނިކުފާނު އިންނަވައިގެން އިންތިހާބީ ރައީސް ހުވާ ކުރައްވާ ޖަލްސާ ގާނޫނީ ޖަލްސާއަކަށް ނުވާނެ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރައްވައިފިނަމަ އިންތިހާބީ ރައީސް ފޮނުއްވާ ކެބިނެޓަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ދީފައެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. އެހެންކަމުން އަންނަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޑރ. މުޢިއްޒު ހުވާކުރާ ޖަލްސާ ބާއްވަން މިހާރު ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

އިބޫ

26-Oct-2023

ހެޔޮ ބަލައިނުގަތަސް ރަތްޔިތުން އެއޮތީ ބަލައިގަންފަ. ދެން ކީކޭ ކިޔާނީ.


5

ވ

26-Oct-2023

މޑޕ ބަލާނުގަތަސް ާނެކަމެއްނޯނާނެ އެއޮތީ ރަށްޔިތުންބަލާގަތްފަ انشاالله އެއުޅެނީ.ކޮމްމެވެސްއުޒުރެއް ވެއްދޭތޯ


-2

ދުއްރާސް

26-Oct-2023

ޢަހަރެމެން މިތިބީ ކުޅިބަކަން



ޓްރެންޑިން