ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސާލީ ރިޔާސީ އިންތިހާބަށްކަމަށާއި، ކޮންމެހެން އިތުބާރު ކުރައްވާތީ ނޫންކަމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީން އަނެއްކާވެސް ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގެ މަގާމުން ވަކިކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެކުރިންވެސް އެމްޑީޕީން އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު އަނބުރާ ވަނީ ނަގާފައެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ސިޔާސީ ހަލަބޮލިކަމަކަށް ޕާޓީ ވައްޓާނުލުމަށް ކަމަށެވެ. އަދި އެ މައްސަލަ އަނބުރާ ގެންދިޔައީ އެއްވެސް ވަރަކަށް ރައީސް ނަޝީދަށް އިތުބާރު ކުރައްވާތީ ނޫންކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު މަޖިލީހުގައި އޮތް މައްސަލަ އެގޮތުގައި ކުރިއަށްދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

"މަޖިލިސް މެމްބަރުންނަކަށް ކަމަކުނުދޭ. އެހެންވީމާ އެ ކަން ކުރިއަށްގެންދާ ގޮތަށް އެއިރު ވެސް އޮތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ އަންނަ އާދިއްތަދުވަހަށް އެޖެންޑާކޮށްފައެވެ. އަދި އެމްޑީޕީން ވަނީ ނަޝީދު ވަކިކުރުމަށް ތްރީލައިން ވިޕެއްވެސް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން