ފޮޓޯ: ޕޮލިސް މީޑިއާ
ފޮޓޯ: ޕޮލިސް މީޑިއާ
އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހަކު ކުޑަކުއްޖެއްގެ ބަރަހަނާ ވީޑިއޯއެއް ނަގައިގެން އުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.



ފުލުހުން ބުނީ މި ދިވެހި މީހާ ވީޑިއޯކޮށްފައިވަނީ 18 އަހަރުން ދަށުގެ އަންހެން ކުއްޖެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯއެއް ކަމަށެވެ.

"އިތުބާރުުކުރެވޭ މަޤާ،މެއްގައި ހުރި މީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ކުރި މައްސަލަ އޮކްޓޫބަރ 21 ވަނަ ދުވަހު ރިޕޯޓްކޮށްފައިވޭ." ފުލުހުންގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

ފުލުހުން ދަނީ މިހާރު މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ ކޮން މަޤާމެއް ފުރަމުންދާ މީހަކަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން