ގައުމީ އެމްބިއުލާންސްގެ ޚިދުމަތް މާލެ ސަރަހައްދުގައި މިއަދު ފަށައިފިއެެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ އެމްބިއުލާންސްގެ ޚިދުމަތް މާލެ ސަރަހައްދުގައި ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު އަޙުމަދު ނަސީމެވެ.

ގައުމީ އެމްބިއުލާންސްގެ ޚިދުމަތް މާލެ ސަރަހައްދުގައި މިއަދު ފަށައިފައިވާއިރު 24 ގަޑިއިރު އެ ޚިދުމަތްދޭ ކޯލް ސެންޓަރެއް ވަނީ ގާއިމްކޮށްފައެވެ. އެމްބިއުލާންސް ޚިދުމަތް ހޯދުމަށް ގުޅަންޖެހޭ ނަމްބަރަކީ 100 އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ މިޚިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަޤްސަދަކީ މެޑިކަލް އެމަރޖެންސީތަކާއި އެކްސިޑެންޓްތަކުގައި އަވަހަށް އެޓެންޑްވެ ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ގެންދެވެންދެން ޕްރީ ހޮސްޕިޓަލް ކެއާގެ ޚިދުމަތް ފޯރުކޮށްދީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ.

އެގޮތުން މި ޚިދުމަތް ކުރިއަށް ގެންދާނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަދި ގައުމީ އެމްބިއުލާންސް ޚިދުމަތުގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކޮށްގެން ކަމަށް މިނިސްޓްރީން ބުންޏެެވެ. އަދި މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކާއި އަދި ކަމާ ގުޅުންހުރި މުއައްސަސާތަކުން މި ޚިދުމަތް ފޯރުކޮށްދިނުމުގައި ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލެވިގެން މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން