އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރަށްވަންޖެހޭނީ މަޖިލީހުގެ އިތުބާރު އޮތް ރައީސަކާއި އެކުގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މުޙައްމަދު ނަޝީދުގެ އިތުބާރު މަޖިލީހުގެ މެމްބަރުންނަށް ނެތް ކަމަށެވެ. އަދި އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރައްވާ ރަސްމިއްޔާތު ބާއްވަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އޮތް ރައީސަކާއެކު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ގަދަބާރުން ރިޔާސަތުގައި އިންނަވާ ބާއްވާ ޖަލްސާ އެއް ވާނީ ގާނޫނާއި ހިލާފު ޖަލްސާއަކަށް ކަމަށެވެ. އެފަދަ ޖަލްސާއެއްގައި އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ހުވާކުރައްވައި ކެބިނެޓް އެކުލަވާލުމަށްފަހު މަޖިލީހަށް ފޮނުވާ ކެބިނެޓަށް ރުހުން ނުދެއްވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން