ޕާޓީގެ މަސްލަހަތަށްވުރެ ޤައުމުގެ މަސްލަހަތަކީ މާ ބޮޑު އެއްޗެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

ސައުދު މިފަދައިން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިނުކޮށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވިޔަސް އެކަން ގަބޫލު ނުކުރާނެކަން އެމްޑީޕީން ބުނުމާއި ގުޅިގެންނެވެ.

ސައުދުﷲ ވިދާޅުވީ އެމްޑީޕީއާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ދެމެދު އޮތް ޚިޔާލު ތަފާތުވުމެއްގެ ސަބަބުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމުގެ ހުވާކުރެއްވުމަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ. އަދި ވެރިކަމުގެ ދައުރަށް ހުރަސް އެޅުމަކީ ހެއްދެވޭނެ ގޯހެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.



މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންގޮސްފިނަމަ މަޖިލީހުގެ މަސައްކަތަށް ބުރޫއަރުވާނެ ކަމަށް ބުނެފައެވެ. އަދި ނަޝީދުގެ ރިޔާސަތުގައި ޑރ. މުއިއްޒު ހުވާކުރަށްވައިގެން ހުށައަޅާ ކެބިނެޓަށް ވެސް ރުހުން ނުދޭނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން