މި ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ހިންގޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަރބަންކޯއިން ނިންމައިފިއެވެ.

ފަލަސްތީނަށް އެހީވުމަށް ބޮޑު ތިން އިވެންޓްއެއް މި ހަފްތާ ބަންދުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި އިލްމުވެރިންގެ ގުޅުމާއި ހިދުމަތް ޖަމްއިއްޔާއިން 26 އޮކްޓޯބަރގައި، ފޭސް 2 ހިޔާ ޕާރކްގައި "ފަލަސްތީނުގެ ހާލަތާއި މެދު" މި މައުޟޫއަށް ދީނީ އިލްމުވެރިންނާއިއެކު ކުރިއަށް ގެންދިމަށް ހަމަޖެހިފައިވާ ޕެނަލް ޑިސްކަޝަނަކާއި މޯމްސަ އެން.ޖީ.އޯ އިން 27 އޮކްޓޯބަރ ގައި ހިޔާ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިންގ އިވެންޓުގެ އިތުރުން ކޭކް ޑޯނާރސް އިން މިމަހުގެ 28, 29 ،އަދި 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިންގް އިވެންޓެކެވެ.

އަރބަންކޯއިން ވަނީ ވީހާވެސް ގިނަ ބޭފުޅުން މި އިވެންޓްތަކުގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެމީހަކަށް ވީވަރަކުން އެހީވެދިނުމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން