ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރުމުގެ ތުހުމަތުގައި އިންޑިއާ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އިންޑިއާގެ އުމުރުން 22 އަހަރުގެ އަންހެނެކެވެ.

އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާ ވަރަށް ހެކި ލިބިފައިވާކަމަށް ބަންދު އަމުރުގައިވެއެވެ. އެގޮތުން އޭނާއާ ދެކޮޅަށް ހުށައަޅާފައިވާ ބަޔާންތަކާއި ކުއްޖެއްގެ ގައިގައި ޖަހާފައިވާ ކަމަށް ބެލެވޭ ވީޑިއޯ ހިމެނެއެވެ.

ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ކުޑަކުއްޖެއްގެ ގައިގައި ޖެހުމުގެ ކުށުގައި އޭނާ ބައިވެރިވެފައިވާ ގޮތަށް ބެލުމުން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެންނަ ކަމަށެވެ.

އެހެންކަމުން އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން