ރާއްޖެ ސަރަހައްދުން ހިފެހެއްޓި ލަންކާގެ 5 މަސް ބޯޓު ދޫކޮށްލައިފިއެވެ.

ރާއްޖެ ސަރަހައްދުން ލަންކާގެ މަސް ބޯޓުތަކެއް ހިފެހެއްޓީ މިދިޔަމަހުގެ ފަހުކޮޅުއެވެ. މި ބޯޓުތައް ހިފަހައްޓާފައިވަނީ ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަކަމަށް ބެލެވިގެން ކޯސްޓްގާޑުންނެވެ.



ސަރުކާރުން މިއަދު ބުނީ ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދަށް ހުއްދަނެތި ވަދެ، މަސްވެރިކަން ކުރަމުން ދިޔަކަމުގެ ތުހުމަތުގައި 18 ސެޕްޓެންބަރުގައި ކޯސްޓްގާޑުން ހިފެހެއްޓި ސްރީލަންކާގެ 5 މަސްބޯޓުގެ މައްސަލަ ބަލައި ނިންމާފައިވާކަމަށެވެ. އަދި އެ އުޅަނދުތަކަށް ކުރެވުނު ޖޫރިމަނާ ދެއްކުމުން މި 5 އުޅަނދު މިހާރު ވަނީ އަނބުރާ ފޮނުވާލެވިފަައިކަމަށްވެސް ސަރުކާރުން ބުނެއެވެ.

މި މަސްބޯޓުތަކުގެ ތެެެެެރެއިން 4 ބޯޓް ފެނިފައިވަނީ ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕެޓްރޯލް ކްރާފްޓް "ނޫރައްދީން" ޕެޓްރޯލް ކުރަމުން ދަނިކޮށް ކ.ކާށިދޫގެ އިރުން ގާތްގަނޑަކަށް 85 މޭލު ބޭރުންނެވެ. އަދި 5 ވަނަ ބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސެޕްޓެންބަރު 18 ވަނަ ދުވަހުގެރޭ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ޕެޓްރޯލް ކުރަމުން ދަނިކޮށް ޅ.އަތޮޅުގެ އިރުން ގާތްގަނޑަކަށް 74 ނޯޓިކަލް މޭލު ބޭރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން