ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށާއި ސިވިލް ކޯޓުގެ އިސް ގާޒީކަމަށް އައްޔަންކުރާނެ ބޭފުޅުން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ކަނޑައަޅައިފިއެވެ.

ހައި ކޯޓާއި ސިވިލް ކޯޓުގެ އިސް ފަނޑިޔާރާއި އިސްގާޒީގެ މަގާމު ހުސްވުމުން އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ފަނޑިޔާރު ހުސައިން ޝަހީދު އެކަންޏެވެ. އަދި ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް ކުރިމަތިލެއްވީ ގާޒީ މަރިޔަމް ވަހީދާއި ގާޒީ ހާފިޒާ އަބްދުއްސައްތާރެވެ.

ޖޭއެސްސީން ބުނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ހުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް އެ ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން ބުދަ ދުވަހު ބޭއްވި ޖަލްސާގައި ނިންމާފައިވާކަމަށެވެ.

ފަނޑިޔާރު ޝަހީދަކީ 2018 ވަނަ އަހަރު ހައި ކޯޓަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އަދި ގާޒީ މަރިޔަމް ވަހީދު ސިވިލް ކޯޓުގެ ގާޒީކަމަށް އައްޔަން ކުރެވުނީ 2016 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން