ފަލަސްތީން ރިލީފް ފަންޑަށް ލިބިފައިވާ ފައިސާ ފުރިހަމަ އިތުބާރާއި ޔަގީންކަމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމުގައި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ)އިން ބުނެފިއެވެ.

އެމްއާރްސީން މިހެން ބުނީ ފަލަސްތީނަށް އެހީ ފޯރުކޮށްދޭ ބައެއް ޖަމިއްޔާތަކުން ނަޒާހަތްތެރިކަމާއެކު ދެފުށް ފެންނަ ގޮތުގައި އެމަސައްކަތް ނުކުރާ ކަމަށާއި، ތެދުވެރިކަމާއެކު ހިސާބުކިތާބު ނުގެންގުޅޭ ކަމަށް ބުނެ ކުރަމުންދާ ތުހުމަތުތަކާއި ގުޅިގެންނެވެ.

އެމްއާރްސީން 14 އޮކްޓޫބަރގައި ހުޅުވި ފަންޑަށް ފައިސާ ޖަމާކުރުމުގެ އެންމެ ފަހު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 28 އޮކްޓޫބަރެވެ. އެހެން ނަަމަވެސް، މިހާރު މި މުއްދަތު 12 ނޮވެމްބަރާއި ހަމައަށް އިތުރުކުރެވިފައިވާ ކަމަށް އެމްއާރްސީން ބުނެފަވެއެވެ.

އެމްއާރްސީން ހުޅުވާފައިވާ ފަންޑުގެ އެންމެހާ ފައިސާއެއް ރައްދުކުރެވޭނީ ފަލަސްތީނުގެ ރެޑް ކްރެސެންޓަށެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން ދަނީ ޣައްޒާގައި ޙާލުގައި ޖެހިފައިވާ އެތައް ބަޔަކަށް ބޭނުންވާ ކާބޯތަކެއްޗާއި ސާފު ބޯފެނާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ދިވެހި ރެޑްކްރެސެންޓަކީ ބައިނަލްއަގުވާމީ ރެޑްކްރެސެންޓް ޖަމާއަތުގެ ގޮތްޕެއްގެ ގޮތުގައި ހިންގާ ބައިނަލްއަގުވާމީ ޖަމާއަތެކެވެ.

ދިވެހި ރެޑްކްރެސެންޓުން ހުޅުވާފައިވާ ފަލަސްތީނު ރިލީފް ފަންޑަށް މިހާތަނަށް ވަނީ 1.6 މިލިއަން ރުފިޔާ ލިބިފައެވެ.

ދިވެހި ރެޑްކްރެސެންޓް ޖަމިއްޔާގެ ފަލަސްތީނު ރިލީފް ފަންޑަށް އެހީގެ ފައިސާ ޖަމާކުރާނެ އެކައުންޓުތައް:

ބީއެމްއެލް ރުފިޔާ އެކައުންޓް: 7701176022001

ބީއެމްއެލް ޑޮލަރު އެކައުންޓް: 7701176022002

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ރުފިޔާ އެކައުންޓް: 99010155500036100

އެމްއައިބީ ޑޮލަރު އެކައުންޓް: 99010155500036200


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން