ހައްދުފަހަނައަަޅައިދިއުމުގެ މައްސަލައަކީ ރާއްޖެއެކޭ އެއްގޮތަށް އެހެން ގިނަ ގައުމުތަކަށްވެސް ދިމާވެފައިވާ މައްސަލައެއްކަމަށާއި، އެކަން ހައްލު ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ދުނިޔޭގެ އެންމެ މަގްބޫލް އެއް މީޑިއާކަމަށްވާ ބްލޫމްބާގަށް ދެއްވި އިންޓަވިއުއެއްގައެވެ.

ބްލޫމްބާގްއާ ވާހަކަދައްކަވަމުން އިންތިހާބީ ރައީސް ޑރ. މުއިއްްޒު ވިދާޅުވީ ހައްދު ފަހަނައަޅައި ދިއުމުގެ މައްސަލައަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ވަރަށް އާއްމު މައްސަލައެއްކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރަން އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާނެކަން ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ ހައްދު ފަހަނައަޅައި ދިއުމުގެ މައްސަލައަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށްގެން ހައްލުކުރަންޖެހޭ މައްސަލައެއްކަމަށެވެ.



"އިސްލާމްދީނަކީ ސުލްހަވެރި ދީނެއްކަން ކިޔައިދީ، ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނެސްދިނުމަށް މަސައްކަތްތައް ކުރާނަން." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ހުރިހާ ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރުކުރައްވާފައެވެ. އަދި އެއްވެސް ގައުމަކަށް ހާއްސަ އިސްކަމެއް ދެއްވުމުގެ ސިޔާސަތެއް ނޯންނާނެކަމަށާޢި، ބޮޑެތި ގައުމުތަކުގެ މެދުގައި ޢުފެދޭ މައްސަލަތަކުގެ ތެރެއަށް ރާއްޖެއިން ނުވަންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން