ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް ރިޔާސަތަށް ނާރާނެ ޙާލަތަކަށް ވިސްނާ، އެމްޑީޕީން އެކަމުގެ ޙައްލުވެސް ހޯދާފައިވާ ކަމަށް މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ނިޔާޒް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ޖަލްސާގެ ރިޔާސަތަށް ނޭރުން ނުވަތަ ޖަލްސާގެ ނިޒާމު ގެއްލުވާލުން އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެ ދެކަމަށް ވެސް އެމްޑީޕީން ޙައްލެއް ހޯދާފައިވާނެ ކަމަށާއި މިފަހަރު އެމްޑީޕީން ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނައިބު ރައީސް، އީވާ ރިޔާސަތަށް އަރާވަޑަނުގަތުން ނުވަތަ ނިޒާމު ގެއްލުވާލުމުން އެކަމަށް ހައްލު ހޯދޭނެ ކަމަށް ނިޔާޒް ވިދާޅުވި ނަމަވެސް، އެ ޙައްލަކީ ކޮބައިކަމެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

އާދިއްތަ ދުވަހަށް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާއިރު، މީގެ ކުރިން ވެސް އެމައްސަލަ އެމްޑީޕީން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެކަމަކު، ރިޔާސީ އިންތިޚާބާއި ދިމާކޮށް އެމްޑީޕީން ވަނީ ޑިމޮކްރެޓްސްގެ ތާއީދު ހޯދުމުގެ ގޮތުން އެމައްސަލަ އަނބުރާ ގެންގޮސްފައެވެ.

ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި މިވަގުތު މަޖިލީހުގެ ނާއިބުރައީސް އާލާސްކަންފުޅާ އުޅުއްވާތީ އޮމާންކަމާއެކު އާދިއްތަ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދެވިދާނެ ކަމާއިމެދު މިހާރުވެސް ވަނީ ސުވާލު އުފެދިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން