އައްޑޫ ސިޓީގައި ކްރޫޒް ޓަރމިނަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކްރޫޒް ޓަރމިނަލާއި ޔޮޓް މެރީނާ ތަރައްގީކުރަން ބޭނުންވާ ބިން ވަނީ ހަވާލުކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

އައްޑޫ ސިޓީގައި ތަރައްގީކުރާ ކްރޫޒް ޓަރމިނަލަކާއި ޔޮޓް މެރީނާ ތަރައްގީކުރާނީ ފޭދޫގައެވެ.



އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށެވެ. އަދި މިއީ 350 މިލިއަން ޑޮލަރުގެ މަޝްރޫޢުއެއްކަމަށްވެސް ކައުންސިލުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން