ޒަހީނުއްދީން ސަޢީދު   28 އޮކްޓޯބަރު 2023 - 1:53
މާދަމާ ރޭ ހިފާ ހަނދު ކޭތައެއް ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެެ.

ހަނދުކޭތަ ހިފަން ފަށާނީ މާދަމާ ރޭ ރާއްޖެ ގަޑިން 23:01 ގައެެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މާދަމާ ރޭ 01:14 ގައެވެ. މި ކޭތަ ވީއްލާނީ ރާއްޖެ ގަޑިން މެންދަމުން އަލިވެ 03:26 ގައި ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.

މާދަމާ ރޭ ރާއްޖެއަށް ފެންނަ މި ހަނދުކޭތައަކީ ކަޅު ހިޔަނި ކޭތައެެކެެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެންމެ ބޮޑު މިސްކިތެއްގައި މާދަމާ ރޭ 01:15 ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށެވެ. އަދި ކޭތަ ނަމާދުގެ ހުތުބާ އެ މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރާނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ހަނދު ކޭތަ ހިފަނީ ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން