ކުށެއްނެތް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދުވަމުން ދާއިރުގައި އެވިދާޅުވާ ބައިނަލްއަޤްވާމީ މުޖުތަމަޢު ކޮބައިތޯއޭ ވިދާޅުވެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

މައުމޫން ވަނީ ރެޔާއި ދުވާލު މެދު ނުކެނޑި އިޒްރޭލުން ޣައްޒާއަށް ބޮން އަޅައި ކުށެއް ނެތް އެތައް އާންމު ރައްޔިތުންނެއްނެއް ޝަހީދުކޮށް ޣައްޒާގެ ރައްޔިތުންނަށް ޖައްސަމުންދާ ނިކަނެތި ހާލާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



އިއްޔެ އިޒްރޭލުން ވަނީ ޣައްޒާގެ ހުރިހާ މުވާސަލާތީ ގުޅުމެއް ކަނޑާލައި ޣައްޒާ "ދޮވެލުމަށްޓަކާ" ކުރިއަށްވުރެ ވަރުގަދައަށް އަސްކަރީ ހަމަލާތައް ޣައްޒާއަށް ދޭންފަށާފައެވެ. އިޒްރޭލުން މިހާރު ދަނީ ޣައްޒާއަށް ވައިގެ މަގުންނާއި އެއްގަމުން ދޭ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.

7 އޮކްޓޫބަރުގައި ފެށި މި ހަނގުރާމައިގައި އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް ޣައްޒާ އިން ޝަހީދުކޮށްލި މީހުންގެ އަދަދު 7،300 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ. މި ހަނގުރާމައިގައި އެތަކެއް ކުޑަކުދިން ޝަހީދުވަމުންދާއިރު އަދިވެސް ހަނގުރާމަ ނިމުމުގެ ކޮޅުމައްޗެއް ފެންނަމުން ނުދާކަމުގެ ކަންބޮޑުވުން ދުނިޔޭގެ އާންމު ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން