އދގެ ސަލާމަތީ މަޖިލީހުގެ އޯޕަން ޑިބޭޓް މީގެ ދެދުވަސް ކުރިން ބޭއްވީ ރާއްޖެއިންވެސް އެކަމުގައި އިސް ދައުރެއް އަދާކޮށްގެނެވެ. އަަދި ރާއްޖެއަކީ އެ ބައްދަލުވުމަށް ފަލަސްތީނުގެ ދިފާއުގައި ހުށަހެޅުނު ގަރާރުގެ ކޯ ސްޕޮންސަރއެކެވެ. މިކަންކަމުގެ އިތުރުން މި ބައްދަލުވުމުން ފާހަގަވި އެހެން ކަމެއްވެސް އެބައޮތެވެ. އެއީ އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރު ގައުމުތަކުގެ ސަފީރުންގެ ގޮނޑިކޮޅު އެތުރިފައި ހުރިގޮތެވެ.

ރާއްޖޭގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވި ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ ސެކްރެޓަރީ (ބައިލެޓްރަލް)، ޑރ. ހާލާ ހަމީދުއެވެ. ރާއްޖޭގެ ފަރާތުން އިއްވާ ބަޔާން އެ މަޖިލީހަށް އިއްވެވީ އެކަމަނާއެވެ. ކަން ދިމާކުރި ގޮތުން އާއްމު މަޖިލީހުގައި ގައުމުތައް އެ ދުވަހު އެތުރިފައި އޮތް ގޮތުން ރާއްޖެ ވަފްދާއި ޖެހިގެން ތިބީ ޔަހޫދީ އިސްރާއީލުގެ ވަފްދެވެ.

ރާއްޖޭގެ ފަރާތުން ފަލަސްތީނު ދިފާއުކޮށް، އިސްރާއީލުގެ ލާއިންސާނީ އަނިޔާތައް ކުއްވެރިކުރަމުން ދިވެހި ސަފީރުގެ ބަޔާން އިއްވަވަމުން ދިޔައިރު އިސްރާއީލު ސަފީރު އިނީ ދިވެހި ސަފީރާއި ދިމާލަށް މާޔޫސްކަންމަތީގައި ބަލަހައްޓައިގެނެވެ. ސަފީރު ހާލާއެކޭ އެއްފަދައިން ރާއްޖޭގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވި ވަފުދުގެ އެހެން ބޭފުޅުންގެ މޫނު މަތިންވެސް ފެނުނީ ސާބިތުކަމެވެ. ނަމަވެސް އިސްރާއީލު ވަފްދުގެ ފަރާތުން އެފަދަ ކަމެއް ނުފެނެއެވެ.



ސޯޝަލް މީޑިއާގައި މި ފޮޓޯތައް ދައުރުވަމުންދާއިރު، ގިނަ ބަޔަކު އަންނަނީ ދިވެހި ވަފުދުގެ ސާބިތުކަމަށް ތައުރީފް ކުރަމުންނެވެ.

ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ދަނީ ތަފާތު އެކި ޕްލެޓްފޯމް ތަކުގައި އަޑު އުފުލަމުންނެވެ. ނަމަވެސް ބައިނަލްއަގުވާމީ ދުނިޔެއިން އެކަމަށް އެކަށީގެންވާ މަސައްކަތް ނުކުރާތީ ހަގީގީ ނަތީޖާއެއް ނުފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން