ދިވެހި ފިލްމު އެސޯސިއޭޝަނުން ބާއްވާ "އިންސާނިއްޔަތަށްޓަކައި" އިވެންޓުގައި ހިމެނޭ ޖަމްބަލް ސޭލް މިއަދު ބާއްވައިފިއެވެ.

މި ހަރަކާތް ބާއްވާފައިވަނީ މިއަދު ހަވީރު 4 ޖެހިއިރުއެވެ. އަދި ޖަމްބަލް ސޭލް މިރޭ 8 ޖަހާއިރު ވެސް އޮންނާނެ ކަމަށް ފިލްމު އެސޯސިއޭޝަނުން ބުނެފައިވެއެވެ.

ފިލްމު އެސޯސިއޭޝަނުން ވަނީ މިއަދު ހަވީރު ކުޑަކުދިންގެ ހަރަކާތެއްވެސް ބާއްވާފައެވެ. މި ހަރަކާތުގައި ވަރަށް ގިނަ ކުޅިވަރު ސްޓޯލްތަކާއި ފުޑް ސްޓޯލްތައް ހުއްޓެވެ. އަދި ފިލްމީ ތަރިންނާއި އެކު ފޮޓޯ ނެގުމުގެ ފުރުޞަތުވެސް ހުޅުވިފައި އޮތެވެ.

"ނޮވެމްބަރ 4 އަކާއި ހަމައަށް އަޅުގަނޑުމެންގެ އިވެންޓްތައް ކުރިއަށްގެންދާނީ. ކޫޕަނެއް ގަނެގެން 15 ވަރަކަށް ސްޓޯލްގައި ބައިވެރިވެވޭނެ (ކުޑަކުދިންގެ ހަވީރުގެ)، ކާޓޫން ކެރެކްޓާސްތައް ފެނިގެންދާނެ." ފިލްމު އެސޯސިއޭޝަނުގެ ވައިސް ޗެއާޕާސަން އާމިރާ އިސްމާއީލް ބުނެފައި ވެއެވެ.

ޝޭމްޕޫ، ސެންޓު ފަދަ ސާމާނުގެ އިތުރަށް ޖަމްބަލް ސޭލްގައި ކޮސްޓިއުމާއި ކުޑަކުދިންގެ އަންނައުނު ލިބެން ހުންނާނެއެވެ.

"ޖަމްބަލް ސޭލްގައި 20 ރުފިޔާއިން ދަށުގެ އަގެއްގައި ލިބޭނެ. އޭގައި ފިހާރަތަކުން ހަދިޔާ ކޮށްފައިވާ އައު އަންނައުނު ޓެގް ކޮޅާއެކީވެސް ހަމަ އެއަގުގައި ލިބެން ހުންނާނެ." ފިލްމު އެސޯސިއޭޝަނުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން