ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް
އަރަބި ޤައުމުތަކުގައި ވަރުގަދަ ހަތިޔާރުއެޅި ލަޝްކަރުތައް އޮތުމުގެ ބޭނުމަކީ ކޮބައިތޯއޭ ވިދާޅުވެ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އަރަބި އިސްލާމީ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ދޭ އަނިޔާވެރި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޝަހީދުވާތަން ފެނުމުން ދުނިޔޭގެ މުސްލިމުންނަށް ހިތްދަތިކަން ލިބޭއިރު، އެމީހުންގެ މިނިވަންކަމުގެ ދިފާއުގައި އަރަބި ގައުމުތަކުން މަސައްކަތްކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

އެންމެ ފަހުގެ ހަތިޔާރުތަކުން ހަތިޔާރު އެޅި ވަރުގަދަ ލަޝްކަރުތަކެއް އެމީހުންގެ އަތުގައި ހުރި ނަމަވެސް މި ލަޝްކަރުތަކުގެ ފައިދާއަކީ ކޮބައި ކަމާއި ދޭތެރޭ މައުމޫން ވަނީ ސުވާލުއުފައްދަވާފައެވެ.

މައުމޫން ވަނީ ރެޔާއި ދުވާލު މެދު ނުކެނޑި އިޒްރޭލުން ޣައްޒާއަށް ބޮން އަޅައި ކުށެއް ނެތް އެތައް އާންމު ރައްޔިތުންނެއް ޝަހީދުކޮށް ޣައްޒާގެ ރައްޔިތުންނަށް ޖައްސަމުންދާ ނިކަނެތި ހާލާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ހުއްޓުމެއްނެތި ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ޣައްޒާ އިން ޝަހީދުކޮށްލި މީހުންގެ އަދަދު 8000 އަށް ވަނީ އަރައިފައެވެ. މި ހަނގުރާމައިގައި އެތަކެއް ކުޑަކުދިން ޝަހީދުވަމުންދާއިރު އަދިވެސް ހަނގުރާމަ ނިމުމުގެ ކޮޅުމައްޗެއް ފެންނަމުން ނުދާކަމުގެ ކަންބޮޑުވުން ދުނިޔޭގެ އާންމު ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން